މުހައްމަދު ރަޝީދުގެ ދެ ގޯލާ އެކު، ރޯޔަލް ސިޓީ ގްރޫޕް އެކެއްގެ އެއް ވަނައަށް
މުހައްމަދު ރަޝީދުގެ ދެ ގޯލާ އެކު، ރޯޔަލް ސިޓީ ގްރޫޕް އެކެއްގެ އެއް ވަނައަށް
Ahmed Aahil Saeed
08 July 2026
މައިދާން އާއި ރޯޔަލް ސިޓީ ބައްދަލުކުރިމެޗްގެ ތެރެއިން..
މިހާރު ކުރިއަށްދާ ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖް 1447 ގައި ރޭ ރޯޔަލް ސިޓީ އާއި މައިދާން ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ރޯޔަލް ކާމިޔާބުކޮށްފިއެވެ.
މިމެޗް ރޯޔަލް ސިޓީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރޯޔަލް ސިޓީގެ ފަރާތުން ތަފާތު ދައްކައި، އެ ޓީމު މޮޅުކޮށްދިނީ މުހައްމަދު ރަޝީދެވެ. ރޯޔަލް ސިޓީން ޖެހި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ރަޝީދެވެ. މެޗްގައި މައިދާން ސްޕޯޓްސް ކްލަބަށް ސުންކަނޑުވާލަދިނީ، އިސްމާއީލް ޒިދާނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މުހައްމަދު ރަޝީދެވެ.
މި ނަތީޖާއާ އެކު ރޯޔަލް ސިޓީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައި ގްރޫޕް އެކެއްގެ އެއް ވަނައިގައި ވަނީ ހަމަޖެހިލާފައެވެ. މައިދާން އެސްސީ މިހާރު އުޅެނޫ ތާވަލްގެ ދެވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް