މައިގަނޑު ބަޔަށް ދާން

ދުނިޔެ

ތެލުގެ އަގު އުފުލުމާ ގުޅިގެން ރަޔަންއެއާގެ ސާފު ފައިދާ 6 އިންސައްތަ ދަށަށް

އަޔަރލޭންޑުގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ ރަޔަންއެއާގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާ، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ހަނގުރާމައިގެ ސަބަބުން 6 އިންސައްތަ ދަށަށް ގޮސްފިއެވެ.

ތެލުގެ އަގު އުފުލުމާ ގުޅިގެން ރަޔަންއެއާގެ ސާފު ފައިދާ 6 އިންސައްތަ ދަށަށް

އަޔަރލޭންޑުގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ ރަޔަންއެއާގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާ، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ހަނގުރާމައިގެ ސަބަބުން 6 އިންސައްތަ ދަށަށް ގޮސްފިއެވެ.

އެ ކުންފުނީގެ އެންމެ ފަހުގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމުނު ތިން މަސް ދުވަހުގެ ތެރޭގައި ޓެކްސަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.8 ބިލިއަން އެމެރިކާ ޑޮލަރެވެ. ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 1.92 ބިލިއަން ޑޮލަރެވެ. ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވަނީ ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ރަޔަންއެއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން ތެޔޮ ގަންނަން ޖެހޭ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ، މަތިންދާބޯޓުތަކަށް ބޭނުންކުރާ ތެލުގެ އަގު 2027 ވަނަ އަހަރާ ހަމައަށް ވެސް މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކުންފުނީގެ ޗީފް އެކްޒެކެޓިވް މައިކަލް އޯލިއަރީ ވިދާޅުވީ ކުރިއަށް އޮތް މާލީ އަހަރު ތެލުގެ ހަރަދު 2.2 ބިލިއަން ޑޮލަރުން އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން މުޅި އަހަރަށް ލިބޭނެ ފައިދާގެ ސާފު އަންދާޒާއެއް މި ވަގުތު ދިނުން ދަތި ކަމަށް ވެސް އޯލިއަރީ ފާހަގަކުރެއްވިއެވެ.

އޯލިއަރީ އިތުރަށް ވިދާޅުވި ގޮތުގައި ކުންފުނީގެ ކުރިއަށް ހުރި މާލީ ނަތީޖާތައް ބިނާވެގެންވަނީ މެދުއިރުމައްޗާއި ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމަތައް ފުޅާވެގެންދާ މިންވަރެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން މަސްރަހަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.