ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި
އދ. ގެ ޢާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު، އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފިއެވެ.

ދުވަހަށް އެނގިފައިވާ ގޮތުގައި ޝާހިދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ހޯދައިގެންނެވެ.
ޝާހިދު ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެމްޑީޕީގެ ރައީސްކަމުގެ މަގާމު ފުރުއްވައިފައެވެ. އެ މަގާމުން ވަކިވެވަޑައިގެންނެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕާޓީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި މި އަހަރުގެ އޮގަސްޓް 12 ގައެވެ.
ޝާހިދު ވަނީ 2018 އިން 2023 އަށް ޚާރިޖީ މިނިސްޓަރުކަން ކުރައްވައިފައެވެ. އެ މުއްދަތުގެ ތެރޭގައި، 2021 އިން 2022 އަށް އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ކުރެއްވިއެވެ. މިއީ އެ މަގާމު ފުރުއްވި ފުރަތަމަ ދިވެއްސެވެ. އޭގެ ކުރިން 2009 އިން 2014 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު ވެސް ފުރުއްވައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް