ކުލި ނުދެއްކުމުން ހުޅުމާލޭ ލޮޓް 10877 ގެ އެއްބަސްވުން ބާތިލުކޮށް ބިން ނަގައިފި
ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ލޮޓް ނަންބަރު 10877 ގައި ހިންގަމުން ދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ލޮޓް ނަންބަރު 10877 ގައި ހިންގަމުން ދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
އެޗްޑީސީން ބުނީ މި ފިޔަވަޅު އެޅީ އެ ކުންފުނިން ކުލި ނުދައްކާ ދިގު މުއްދަތެއް ފާއިތުވެފައިވާތީ ކަމަށެވެ. އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތައް ފޮނުވައި، އެކަށީގެންވާ ގިނަ ފުރުސަތުތައް ދިނުމަށް ފަހު، އެއްބަސްވުމުގެ އިޖުރާއަތްތަކާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި ނިންމުމާ ގުޅިގެން އެ ބިމުގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑަށް އެއްވެސް ބާވަތެއްގެ ވިޔަފާރި މުޢާމަލާތެއް ނުވަތަ ޚިދުމަތެއް ވެސް ދެން ނުދެވޭނެއެވެ.
"ވީމާ، މިއަދުން ފެށިގެން މި ބިން ނަގަން ނިންމާފައިވުމާ ގުޅިގެން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑަށް، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ނުދެވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެޗްޑީސީން ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން ބުނީ މި ފަދަ ނިންމުމެއް ނިންމަނީ ހުޅުމާލޭގައި ޢާންމުންނަށް ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގައި ކަމަށެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާ ވެސް ފަހި މާހައުލެއް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް