ހަ ހޮސްޕިޓަލެއްގެ ބޯޑު އުވާލައި އެއް ބޯޑެއްގެ ދަށަށް ބަދަލުކޮށްފި
ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލުތަކާއި ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވަނިންގ ބޯޑެއްގެ ދަށުން ހިންގުމަށް މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އައު ގްރޫޕެއް އުފައްދަވައިފިއެވެ.

މި ބަދަލުގެ ދަށުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގަން ރީޖަނަލް ހޮސްޕިޓަލާއި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވަކިވަކި ގަވަނިންގ ބޯޑުތައް ވަނީ އުވާލައްވައިފައެވެ. މި ހުރިހާ ތަނެއް ދެން ހިންގަމުންދާނީ އެމްޓީއެޗްޖީގެ އެއް ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.
އެމްޓީއެޗްޖީގެ ގަވަނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިގެން ހިނގަމުންދާ ބޯޑެކެވެ. މި ބޯޑާއި އެ ބޯޑުގެ ދަށުގައިވާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓާޝަރީ ހެލްތު ސާވިސަސްއެވެ.
ސަރުކާރުން މި ބަދަލު ގެންނެވީ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމުގެ ސިޔާސަތުގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލަކަށް ހޮސްޕިޓަލުތައް ހިންގުމުގެ އިންތިޒާމު ހަމަޖެއްސެވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް