ނަޞްރުގެ ދުވަހު ސިފައިންގެ ޖިހާދުން އިބުރަތް ލިބިގަތުމަށް ރައީސް ގޮވާލައްވައިފި
ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ވިދާޅުވެ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ ސިފައިންނާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން ކަމަށެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ޤައުމުގެ ދިފާޢުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް