މައިގަނޑު ބަޔަށް ދާން

ހަބަރު

ޓާޝަރީ ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށް ގެނެސް، ހަ ބޯޑެއް އުވާލައިފި

ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލްތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގުމަށްޓަކައި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ނަމުގައި ގްރޫޕެއް އުފައްދައި، 18 މެންބަރުންގެ ބޯޑެއް ރައީސް އެކުލަވާލައްވައިފިއެވެ.

ޓާޝަރީ ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށް ގެނެސް، ހަ ބޯޑެއް އުވާލައިފި

ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލްތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގުމަށްޓަކައި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ނަމުގައި ގްރޫޕެއް އުފައްދައި، 18 މެންބަރުންގެ ބޯޑެއް ރައީސް އެކުލަވާލައްވައިފިއެވެ.

މި ނިންމެވުމާ އެކު، ކުރިން ވަކިވަކިން ހިންގަމުން އައި ހަ ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑު ވަނީ އުވާލައްވައިފައެވެ. އެއީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގަން ރީޖަނަލް ހޮސްޕިޓަލާއި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.

ރައީސް އޮފީހުން ބުނީ އެމްޓީއެޗްޖީގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި ހެލްތު މިނިސްޓްރީއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެއް ކަމަށެވެ. ބޯޑާއި އެ ބޯޑުގެ ދަށުން ހިންގާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓާޝަރީ ހެލްތު ސަރވިސަސް ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ބޯޑުގެ ޗެއާޕަރސަނަކަށް ޢައްޔަންކުރެއްވީ ޞިއްޙީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފެވެ. ވައިސް ޗެއާޕަރސަނަކީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޙުސައިން ޙަލީމެވެ. ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމާއި، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދާއި، ޕްރައިމަރީ ހެލްތުކެއާ ތަޖުރިބާކާރު ނަޔާޒު އަޙްމަދާއި، ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރ މަރްޔަމް ޖެނިފާ އާއި، ނަރސިންގ ދާއިރާގެ ތަޖުރިބާކާރު ފާޠިމަތު ޢާފިޔާ ވަޙީދާއި، ހުޅުމާލެ ހޮސްޕިޓަލުގެ އިސް މުވައްޒަފެއް ކަމުގައިވާ މޫސާ ކަލީމް ޤާސިމާއި، ވިލިމާލެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މަބްރޫކާއި، ވިލިމާލެ ހޮސްޕިޓަލުގެ އިސް މުވައްޒަފެއް ކަމުގައިވާ ޢާލިމް ޝަކީލާއި، ހެލްތު މިނިސްޓްރީގެ މަންދޫބު އަލްއުސްތާޛާ ތަސްލީމާ އާއި، ފިނޭންސް މިނިސްޓްރީގެ މަންދޫބު އާދަމް ބަދުރުﷲ އާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ނާޡިމާ ޢަލީ އާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑޮކްޓަރ އަޙްމަދު ޢަދީލް ނަޞީރާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޙުސައިން ޢާޞިފާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފާއި، ގަން ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް، އަދި ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ފަތުޙުﷲ ނަސީމެވެ.

މި ބަދަލާ އެކު ޓާޝަރީ ހޮސްޕިޓަލްތައް ހިންގާނީ ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލެއްގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.