މައިގަނޑު ބަޔަށް ދާން

ހަބަރު

38 ވަނަ ނަސްރުގެ ދުވަހު ސިފައިންނާއި ރައްޔިތުންނަށް ރައީސްގެ ތަހުނިޔާ

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

38 ވަނަ ނަސްރުގެ ދުވަހު ސިފައިންނާއި ރައްޔިތުންނަށް ރައީސްގެ ތަހުނިޔާ

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މި ތަހުނިޔާ ފޮނުއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ވެވަޑައިގެންނެވި ޤުރުބާނީއަކީ ޢިބުރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ. އެ މަނިކުފާނު ވަނީ ޤައުމު ދިފާޢުކުރުމުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވައިފައެވެ.

މިއަދު ފާހަގަކުރާ 38 ވަނަ ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ރާއްޖޭގެ ސަރުކާރު ވައްޓާލުމަށް ދިން ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލި ދުވަހެވެ. ދިވެހިންގެ ހަ މީހަކު ބައިވެރިވެގެން ލަންކާގެ ތަމިލް ވަކިވާ ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ތަމިލް އީލަމް (ޕްލޯޓް) ގެ ކުލީ ސިފައިން ބޭނުންކޮށްގެން ދިން އެ ހަމަލާ އަމާޒުކޮށްފައި އޮތީ އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަން ވައްޓާލުމަށެވެ. ހަމަލާ ބަލިކުރުމަށް ރައީސް މައުމޫން ވަނީ އިންޑިއާގެ އެހީ ހޯއްދަވައިފައެވެ.

ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު މަރުވި ޓެރަރިސްޓް ހަމަލާ ކަމަށްވާ މި ހާދިސާގައި ސިފައިންގެ އަށް މީހަކާއި ސިވިލިއަނުން 11 މީހަކު ހިމެނޭ ގޮތަށް ޖުމްލަ 19 ދިވެހިން ޝަހީދުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.