ނަޞްރުގެ ދުވަހުގެ ރަސްމީ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުން ބާއްވައިފި
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި އެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ. މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ފެށީ ބޮޑު ޖަމާޢަތުގައި ކުރި ފަތިސް ނަމާދުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް