38 ވަނަ ނަސްރުގެ ދުވަސް - ފަތިސް ނަމާދާ އެކު އިހްތިފާލުތައް ފެށިއްޖެ
ނަސްރުގެ ދުވަހުގެ 38 ވަނަ އިހްތިފާލުތައް މިއަދު ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިސް ބޭފުޅުންނާއި ދިވެހި ސިފައިންނާ އެކު އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރައްވައިގެންނެވެ.

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ހެނދުނަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ޤައުމަށްޓަކައި ފުރާނަ ދޫކޮށްލެއްވި ބަޠަލުންގެ ހިތްވަރާއި ޤުރުބާނީ ހަނދާންކޮށް، ޢިބާދަތާއި ހަނދާނުގައި ފެށި ހެނދުނެކެވެ. އެ ޕޯސްޓާ އެކު ފަތިސް ނަމާދުގެ ފޮޓޯތައް ވެސް ހިއްސާކޮށްފައިވެއެވެ.
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ރާއްޖޭގެ ސަރުކާރު ވައްޓާލުމަށް ދިން ހަމަލާ ނާކާމިޔާބުކޮށްލެވުނު ދުވަހެވެ. ދިވެހިންގެ ހަ މީހަކު ބައިވެރިވެގެން ސްރީ ލަންކާގެ ތަމިލް ވަކިވާ ޖަމާޢަތެއްގެ ކުލީ ސިފައިން ބޭނުންކޮށްގެން ދިން އެ ހަމަލާގައި ސިފައިންގެ އަށް މީހަކާއި ސިވިލިއަނުން 11 މީހަކު ހިމެނޭ ގޮތަށް ޖުމްލަ 19 ދިވެހިން ޝަހީދުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް