މޯލްޑިވް ގޭހުން ފުޅިތަކަށް ގޭސް އަޅާ މިންވަރު ވަގުތީ ގޮތުން މަދުކޮށްފި
ބައިނަލްއަޤުވާމީ ބާޒާރުގައި ގޭހުގެ އަގު އުފުލި ރާއްޖެއަށް ގޭސް ގެނައުމުގައި ދަތިތައް ކުރިމަތިވުމާ ގުޅިގެން، ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ގޮތުން ދަށްކުރަން މޯލްޑިވް ގޭހުން މިއަދު ނިންމައިފިއެވެ.
ބައިނަލްއަޤުވާމީ ބާޒާރުގައި ގޭހުގެ އަގު އުފުލި ރާއްޖެއަށް ގޭސް ގެނައުމުގައި ދަތިތައް ކުރިމަތިވުމާ ގުޅިގެން، ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ގޮތުން ދަށްކުރަން މޯލްޑިވް ގޭހުން މިއަދު ނިންމައިފިއެވެ.
މި ބަދަލު ތަންފީޒުކުރާނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ. އެ ކުންފުނިން އިޢުލާނުކުރި ގޮތުގައި 10 ކިލޯގެ ފުޅިއަކަށް ދެން އެޅޭނީ ހަތް ކިލޯއެވެ. އެއާ އެކު 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ، އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯ އެޅުމަށް ވަނީ ކަނޑައަޅައިފައެވެ.
ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބެލުމަށް ފަހު ކުރިންވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުން ފައިސާ ނެގުމުން، ގޭހުގެ އަގު ބޮޑުނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހާއި ތެލުގެ އަގު މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބަކީ މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްތިޢުމާރީ އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައެވެ. އެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭސް ދައުރުވާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި ބޮޑެތި އަސްކަރީ ހުރަސްތައް ކުރިމަތިވެ، އަވައްޓެރި ލަންކާއާއި ޕާކިސްތާނުގައިވެސް ރާއްޖެއަށް ވުރެ ކުރިން ގޭހާއި ތެލުގެ އަގު ވަނީ ބޮޑުކޮށްފައެވެ.
ރާއްޖޭގައި ގޭސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢެއް ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަމަށާއި، އެ މަޝްރޫޢު ނިމުމުން ތިން މަސް ދުވަހުގެ ގޭސް އެއް ފަހަރާ ރައްކާކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް