މައިގަނޑު ބަޔަށް ދާން

ހަބަރު

ޝާހިދުގެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ރަޖިސްޓްރީކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލަ މިއަދު ރަޖިސްޓްރީކޮށްފިއެވެ.

ޝާހިދުގެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ރަޖިސްޓްރީކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލަ މިއަދު ރަޖިސްޓްރީކޮށްފިއެވެ.

18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ޝާހިދު ހައްޔަރުކޮށް، އަންގާރަ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަޙުޤީޤަށް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި ތަޙުޤީޤާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެ، ހ. ރަބީޢީމަންޒިލް ބަލައި ފާސްކޮށްފައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޝާހިދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އެ ޕޯސްޓުގައި ޝާހިދު ވިދާޅުވެފައި ވަނީ "މިއީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް" ކަމަށާއި "މިފަދަ ސާބިތުނުހިފޭ ވާހަކަތައް ނުފެތުރުމަށް" އެދިވަޑައިގަންނަވާ ކަމަށެވެ.

އުމުރުން 64 އަހަރުގެ ޝާހިދަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ފޮރިން މިނިސްޓަރުކަން އަދާކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ފުރުއްވައި، 23 އަހަރު މަޖިލީހުގައި ޚިދުމަތް ކުރައްވައިފައިވެއެވެ. ޝާހިދު ވަނީ އެމްޑީޕީގެ ޗެއާޕާސަންކަމާއި ރައީސްކަން ވެސް ކުރައްވައި، މިދިޔަ އޮގަސްޓު މަހު ރައީސްކަމުން އިސްތިޢުފާ ދެއްވައި އެ ޕާޓީގެ ޕްރައިމަރީއަށް ކެމްޕެއިން ފައްޓަވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.