މައިގަނޑު ބަޔަށް ދާން

ހަބަރު

ހިޔާވަހި ލޯނު ޓޮޕްއަޕް ކުރެވޭނެ ގޮތެއް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައި ޢާންމު ރައްޔިތަކު ފާހަގަކުރި ކަންބޮޑުވުމަކާ ގުޅިގެން، ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުން ދޫކޮށްފައިވާ ލޯނުތައް އިތުރަށް ޓޮޕްއަޕް ކުރެވޭނެ މަގެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާވަހި ލޯނު ޓޮޕްއަޕް ކުރެވޭނެ ގޮތެއް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައި ޢާންމު ރައްޔިތަކު ފާހަގަކުރި ކަންބޮޑުވުމަކާ ގުޅިގެން، ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުން ދޫކޮށްފައިވާ ލޯނުތައް އިތުރަށް ޓޮޕްއަޕް ކުރެވޭނެ މަގެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި ރައްޔިތަކު ހުށަހެޅީ، ރަށްރަށުގައި ގެ އެޅުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބެން އޮތް ނަމަވެސް އޭނާއަށް ހަމަޖެހުނީ 650،000 ރުފިޔާ ކަމަށެވެ. އެ ޢަދަދުން ގެ ނިންމައިނުލެވޭނެ ކަމުގެ ކަންބޮޑުވުން އޭނާ ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ބާވަތުގެ މައްސަލައެއް ކުރިން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ. އެމަނިކުފާނު ކަނޑައެޅުއްވި ގޮތާ ޚިލާފަށް ކަން ހިނގާފައިވާކަން ފާހަގަކުރައްވައި، މިނިސްޓްރީ މެދުވެރިކޮށް އެ ވަކި މައްސަލަ ގާތުން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

"1 މިލިޔަން ރުފިޔާ ރަށްރަށުގައި އަޅާ ގެތަކަށް މިއޮތީ. 6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން." ރައީސް ވިދާޅުވިއެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގެ ދަށުން ތިން ސްކީމެއް ހިންގައެވެ. އެއީ އަތޮޅުތަކުގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ރަށްވެހި ސްކީމާއި، އާބަން ސެންޓަރުތަކަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ސަހަރު ސްކީމާއި، މާލެ ސަރަޙައްދުގައި ގޭގެ ބެހެނިވެރިންނާ ގުޅިގެން ހަ މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ފަހިމާލެ ސްކީމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.