އެސްބީޕީގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް - ޕާކިސްތާނުގެ ތާރީޚުގައި އެންމެ މައްޗަށް
ޕާކިސްތާނުގެ މަރުކަޒީ ބޭންކު، ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) ގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އުފުލި، އެ ޤައުމުގެ ތާރީޚުގައި މިހާތަނަށް އެންމެ މަތީ މިންވަރެއް ރެކޯޑުކޮށްފިއެވެ.
ޕާކިސްތާނުގެ މަރުކަޒީ ބޭންކު، ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) ގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އުފުލި، އެ ޤައުމުގެ ތާރީޚުގައި މިހާތަނަށް އެންމެ މަތީ މިންވަރެއް ރެކޯޑުކޮށްފިއެވެ.
އެސްބީޕީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ރިޒާވްގައި 21.5612 ބިލިއަން ޑޮލަރު ހުރި ކަމަށެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރިޒާވްގައި ހުރީ 16.568 ބިލިއަން ޑޮލަރު ކަމަށް ވާއިރު، ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ކުރިއެރުމެއް ހޯދާފައިވެއެވެ. ވިޔަފާރި ބޭންކުތަކުގައި ހުރި 5.3033 ބިލިއަން ޑޮލަރާ އެކު، ޕާކިސްތާނުގެ ޖުމްލަ ރިޒާވް 26.8645 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
ރިޒާވް މި މިންވަރަށް އިތުރުވެފައި ވަނީ މައިގަނޑު ތިން ސަބަބަކާ ހެދި ކަމަށް އެސްބީޕީގެ ހިސާބުތަކުން ދައްކައެވެ. އެއީ ޤައުމުން ބޭރުގައި މަސައްކަތްކުރާ ޕާކިސްތާނު ރައްޔިތުން ފޮނުވި ފައިސާ އިތުރުވުމާއި، މަރުކަޒީ ބޭންކުން ބޭރު ފައިސާ ގަތުމާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލިބުނު މާލީ އެހީތެރިކަމެވެ. ރެމިޓެންސްގެ ގޮތުގައި ލިބުނު ފައިސާގެ ސަބަބުން ބޭންކިން ނިޒާމަށް ޑޮލަރު ވަދެ، އިމްޕޯޓް ބިލްތައް ދެއްކުމަށް ބޮޑު ލުޔެއް ލިބިފައިވެއެވެ.
މި ރެކޯޑާ އެކު، ބައިނަލްއަޤުވާމީ ދަރަނިތައް އަދާކުރުމަށާއި އަސާސީ މުދާ އެތެރެކުރުމަށް ޕާކިސްތާނުގެ މާލީ ދިފާޢު ވަރުގަދަވެފައިވީ ނަމަވެސް، ގޮންޖެހުންތައް ކުރިމަތީގައި އެބަހުއްޓެވެ. ޚަލީޖީ ސަރަޙައްދުގެ ނުތަނަވަސްކަމާ ގުޅިގެން ތެލާއި ގޭހުގެ އަގު އުފުލުމާއި، އިމްޕޯޓަށް ބޮޑު ހޭދައެއް ކުރަންޖެހުމާއި، އެކްސްޕޯޓް އެކަށީގެންވާ ވަރަށް ނުއިތުރުވުން އެއީ ކުރިމަތީގައި ހުރި ބޮޑެތި ހުރަސްތައް ކަމަށް އިޤުތިޞާދީ މާހިރުން ފާހަގަކުރެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، މި ކުރިއެރުން ދެމެހެއްޓުމަށް އެކްސްޕޯޓް ފުޅާކުރުމާއި ސީދާ ބޭރުގެ އިންވެސްޓްމަންޓް އިތުރުކުރުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް