މައިގަނޑު ބަޔަށް ދާން

ހަބަރު

ލޮނުގަނޑު އުފުލުމާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ ވަސީލަތްތައް އަންދާޒާކުރާ ދިރާސާއެއް ޝާއިޢުކޮށްފި

ކަނޑުގެ ލޮނުގަނޑު އުފުލުމުން ރާއްޖެ ރައްކާތެރިކުރުމަށް ބޭނުންވާ މާއްދީ ވަސީލަތްތައް ޤައުމީ ފެންވަރުގައި އަންދާޒާކުރި ފުރަތަމަ ބައިނަލްއަޤުވާމީ ދިރާސާ ނޭޗާ ޕޯޓްފޯލިއޯގެ ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިޢުކޮށްފިއެވެ.

ލޮނުގަނޑު އުފުލުމާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ ވަސީލަތްތައް އަންދާޒާކުރާ ދިރާސާއެއް ޝާއިޢުކޮށްފި

ކަނޑުގެ ލޮނުގަނޑު އުފުލުމުން ރާއްޖެ ރައްކާތެރިކުރުމަށް ބޭނުންވާ މާއްދީ ވަސީލަތްތައް ޤައުމީ ފެންވަރުގައި އަންދާޒާކުރި ފުރަތަމަ ބައިނަލްއަޤުވާމީ ދިރާސާ ނޭޗާ ޕޯޓްފޯލިއޯގެ ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިޢުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި އިސް ދައުރެއް އަދާކޮށްފައިވަނީ ކެނެޑާގެ ޔުނިވާސިޓީ އޮފް ވޯޓާލޫގެ ޕްރޮފެސަރު ސިމްރޯން ސިންގެވެ. ޔުނިވާސިޓީ އޮފް އޯގްސްބާގް، ޔުނިވާސިޓީ އޮފް މެލްބާން، ބޯކޫ ޔުނިވާސިޓީ ވިއެނާ އަދި އެމްއެންޔޫގެ ސައިންސްވެރިން ގުޅިގެން ހިންގި މި މަސައްކަތް ކޮށްފައިވަނީ ރިކަވާ ޕްރޮޖެކްޓުގެ ދަށުންނެވެ. އެ ޕްރޮޖެކްޓަށް ފަންޑު ފޯރުކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އެފްސީޑީއޯ އާއި ކެނެޑާގެ އައިޑީއާރުސީ އިން ހިންގާ ކްލެއާ ޕްރޮގްރާމުންނެވެ.

ޖީއައިއެސް ބޭސްޑް މެޓީރިއަލް ސްޓޮކް އެންޑް ފްލޯ އެނެލިސިސް އާއި ސީނާރިއޯ މޮޑެލިން ބޭނުންކޮށްގެން 2000 ވަނަ އަހަރުން 2100 ވަނަ އަހަރާ ދެމެދަށް ކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ކަނޑުގެ ލޮނުގަނޑު ކޮންމެ އެއް ސެންޓިމީޓަރެއް އުފުލޭ ވަރަކަށް ބިން ހިއްކުމަށް ގާތްގަނޑަކަށް 2.1 މިލިއަން ޓަނުގެ ވެލި ބޭނުންވާނެއެވެ. އަދި އައްސޭރިފަށް ރައްކާތެރިކުރުމަށް 22,200 ޓަނުގެ ކޮންސްޓްރަކްޝަން ސާމާނު ބޭނުންވާ ކަމަށް ދިރާސާއިން ދައްކައެވެ. ބްރޭކްވޯޓަރާއި ގްރޯއިންސް އާއި ރިވެޓްމެންޓު ފަދަ ސަރަހައްދު ދިފާޢުކުރާ ތަފާތު ބާވަތްތަކުގެ އުމްރާނީ މަސައްކަތްތައް މި ދިރާސާގައި ހިމެނިފައިވެއެވެ.

އެމްއެންޔޫގެ ސީނިއާ ރިސާޗް ފެލޯ އަދި ދިރާސާގެ ހިއްސާދާރެއް ކަމުގައިވާ ޑރ. ޝާޒްލާ މުޙައްމަދު ވިދާޅުވީ "މި ދިރާސާ ގެނެސްދެނީ ރާއްޖޭގައި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ގޮންޖެހުންތަކާ ބެހޭ މުޅިން އާ ނަޒަރިއްޔާއެއް. ބޭނުންވާ ވަސީލަތްތައް ޢަދަދުން ހާމަކުރުމުގެ ސަބަބުން، ރައްކާތެރިކުރުމުގެ ޚިޔާރުތަކާ ގުޅޭ ނަތީޖާތައް ރަނގަޅަށް ވަޒަންކޮށް، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ އެއްބައިވާ ހައްލުތައް ހޯދުމުގެ މަގު ތަނަވަސްވޭ" ކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް ޤައުމީ ފެންވަރުގެ މަޝްވަރާތަކާއި، މޫސުމީ ފައިނޭންސް ވަރުގަދަކުރުމާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ފަންނީ އެހީތެރިކަން ކޮންމެހެން ބޭނުންވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.