މައިގަނޑު ބަޔަށް ދާން

ދުނިޔެ

ކޭއެސް ރިލީފުން ޔަމަނުގެ ތިން ސަރަހައްދަކަށް ކާބޯތަކެއްޗާއި ހިޔާވަހިކަން ފޯރުކޮށްދީފި

ޔަމަނުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަމާއި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ އެތައް މަޝްރޫޢެއް ސައޫދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސް ރިލީފް) އިން ހިންގައިފިއެވެ.

ކޭއެސް ރިލީފުން ޔަމަނުގެ ތިން ސަރަހައްދަކަށް ކާބޯތަކެއްޗާއި ހިޔާވަހިކަން ފޯރުކޮށްދީފި

ޔަމަނުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަމާއި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ އެތައް މަޝްރޫޢެއް ސައޫދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސް ރިލީފް) އިން ހިންގައިފިއެވެ.

އެ އިދާރާއިން ހިންގި ކުއްލި އެހީގެ މަޝްރޫޢުގެ ދަށުން އިއްޔެ ވަނީ އަދަން ގަވަރުނަރޭޓުގެ އަލް މަންސޫރާ ޑިސްޓްރިކްޓުގައި 283 ކާބޯތަކެތީގެ ވަށިގަނޑު ބަހައިފައެވެ. މި އެހީގެ ޒަރީޢާއިން 186 އާއިލާއަކަށް ނިސްބަތްވާ 1,118 މީހަކަށް ކާބޯތަކެތި ލިބިފައިވެއެވެ.

ވަގުތީ ހިޔާވަހިކަމުގެ މަޝްރޫޢުގެ ހަވަނަ މަރުހަލާގެ ދަށުން ބުދަ ދުވަހު އަބްޔާން ގަވަރުނަރޭޓުގައި ހިޔާވަހިކަމަށް ބޭނުންވާ 92 ކިޓާއި 92 ފޭލިގެ ބަހައިފައިވެއެވެ. މި ތަކެތީގެ ފައިދާ ލަހްޖް ގަވަރުނަރޭޓާއި ޔަމަނުގެ ހުޅަނގު އައްސޭރިފަށުގެ އަލް މުޚާ އިން ހިޖުރަކޮށްފައިވާ 552 މީހަކަށް ލިބިފައިވެއެވެ.

މީގެ އިތުރުން 2026 ވަނަ އަހަރަށް އެކުލަވައިލާފައިވާ ފެނާއި ނަރުދަމާ އަދި ސާފުތާހިރުކަމުގެ ކުއްލި އެހީގެ މަޝްރޫޢުގެ ދަށުން، ލަހްޖް ގަވަރުނަރޭޓުގައި ހިޖުރަކުރި މީހުން ތިބި ކޭމްޕުތަކުގެ 11 ސަރަހައްދަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދީފައިވެއެވެ. މި ހަރަކާތުން 220 އާއިލާއަކަށް ނިސްބަތްވާ 1,196 މީހަކަށް ބޯފެނުގެ ދަތިކަމަށް ލުޔެއް ލިބިފައިވެއެވެ.

ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ޞިއްޙީ އެހީ އަދި ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޭއެސް ރިލީފުން މެދުނުކެނޑި ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.