ކޫރިއާ އާއި ޕޯސްޓް މެދުވެރިކޮށް ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ދެ މައްސަލައަކާ ގުޅިގެން ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ދެ މައްސަލައަކާ ގުޅިގެން ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ފުރަތަމަ މައްސަލައިގައި އަތުލައިގަތީ ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖަކުން ފެނުނު 1،030 ގްރާމްގެ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ. އޮކްޓޫބަރު 31 ވަނަ ދުވަހު އެ ޕެކޭޖު ބަލައި ފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ފާސްކުރުމުން އެ ތަކެތި ފެނުނީ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ދެވަނަ މައްސަލައިގައި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2،123 ގްރާމްގެ ސިންތެޓިކް ކެތިނޯން ވެސް ވަނީ އަތުލައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް