މައިގަނޑު ބަޔަށް ދާން

ހަބަރު

ހުޅުމާލޭ ފޭސް އެކެއްގައި 364 ފްލެޓު އަޅަން ކޮންކްރީޓް މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނީގެ ބެލުމުގެ ދަށުން ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކުރާ 364 ފްލެޓުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި 364 ފްލެޓު އަޅަން ކޮންކްރީޓް މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނީގެ ބެލުމުގެ ދަށުން ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކުރާ 364 ފްލެޓުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އަކީ މަރުކަޒީ ބޭންކް އެމްއެމްއޭއިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސިޔާސަތުގެ މަޤުޞަދުތައް ޙާޞިލުކުރުމަށް ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

ބީއެމްއެލްއިން ބުނީ 364 ޔުނިޓުގެ ތެރެއިން 182 ޔުނިޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މާލޭ ސިޓީގައި މިވަގުތު 3،260 ހައުސިން ޔުނިޓު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ހިނގަމުންދާ ކަމަށާއި، އެ ހުރިހާ ޔުނިޓެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައިލުމަކީ އަމާޒެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.