އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ކެމްޕޭނެއް އައްޑޫ އާއި ފުވައްމުލަކުގައި ފަށައިފި
މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފޯރުކޮށްދޭ ޚިދުމަތްތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ޚާއްޞަ ކެމްޕޭނެއް ފަށައިފިއެވެ.
މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފޯރުކޮށްދޭ ޚިދުމަތްތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ޚާއްޞަ ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭން ހިންގުމަށް ރާވާފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކާއި ހުޅުދޫ އާއި މީދޫގެ އިތުރުން ފުވައްމުލައް ސިޓީގައެވެ. އެމްޑަބްލިއުއެސްސީން ބުނީ މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ޚިދުމަތް ބޭނުންކުރާ ހުރިހާ ފަރާތެއް ކުންފުނީގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރުމާއި، ކަސްޓަމަރުންގެ މަޢުލޫމާތު އެންމެ ފަހުގެ ހާލަތަށް އަދާހަމަކުރުން ކަމަށެވެ.
މީގެ އިތުރުން، އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕް ބޭނުންކުރާނެ ގޮތް ކަސްޓަމަރުންނަށް ކިޔައިދިނުމުގެ މަސައްކަތް ވެސް ކެމްޕޭނުގެ ތެރެއިން ކުރިއަށް ގެންދެއެވެ. ޚިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ގޮތުން ދެނެގަނެ، އެ ކަންކަމަށް އަވަހަށް ހައްލު ހޯދައިދިނުމަކީ ވެސް ކެމްޕޭނުގެ މުހިންމު ބައެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކެމްޕޭނުގެ ތެރެއިން ގޭގެއަށް ޒިޔާރަތްކުރުމުގެ އިތުރުން، ގިނަ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވެވޭ ގޮތް ހެދުމަށްޓަކައި އައްޑޫ ސިޓީގެ އެކި އަވަށްތަކުގައާއި ހުޅުދޫ، މީދޫ އަދި ފުވައްމުލައް ސިޓީގެ ސަރަހައްދުތަކުގައި ޚާއްޞަ ރޯޑްޝޯތަކެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ. ހަމައެއާ އެކު، އޮންލައިންކޮށް މަޢުލޫމާތު އަދާހަމަކުރެވޭނެ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސައިފައެވެ. ކެމްޕޭނާ ގުޅޭ އިތުރު މަޢުލޫމާތު 1575 އަށް ގުޅައިގެން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް