މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ޓީމުން ރިޓަޔާކޮށްފި

ޤައުމީ ޓީމެއްގައި އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، 23 އަހަރު ދުވަހަށް ފަހު ޕޯޗުގަލް ޤައުމީ ޓީމަށް ކުޅުން ހުއްޓައިލިކަން މިއަދު އިއުލާނުކޮށްފިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ޓީމުން ރިޓަޔާކޮށްފި

ޤައުމީ ޓީމެއްގައި އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، 23 އަހަރު ދުވަހަށް ފަހު ޕޯޗުގަލް ޤައުމީ ޓީމަށް ކުޅުން ހުއްޓައިލިކަން މިއަދު އިއުލާނުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ޝާއިޢުކުރި ވީޑިއޯ ޕޯސްޓެއް މެދުވެރިކޮށް ރޮނާލްޑޯ ވަނީ އެ ނިންމުން ހާމަކޮށްފައެވެ. ޕޯސްޓުގެ ކެޕްޝަނެއްގެ ގޮތުގައި ރޮނާލްޑޯ ލިޔެފައިވަނީ "ޕޯޗުގަލް އަބަދުވެސް ވާނީ އަހަރެންގެ ބައެއް ކަމުގައި" މިހެންނެވެ.

ރިޓަޔާކުރުމާ ބެހޭ ގޮތުން ރޮނާލްޑޯ ބުނީ "މިއީ ފަސޭހަ ނިންމުމެއް ނޫން، ބައެއް ނިންމުންތަކަކީ ހަމައެކަނި ސިކުނޑިން ނިންމާ ނިންމުންތަކެއް ނޫން، ހިތުންވެސް ނިންމާ ނިންމުންތައް" ކަމަށެވެ. ރޮނާލްޑޯ އިތުރަށް ބުނީ "އަހަރެންގެ ސަބަބުން ދުވަހަކުވެސް އުފާވެރިކަމެއް ލިބިފައިވާ ނަމަ، އަހަރެންގެ ގޯލަކުން ގާތް މީހެއްގެ ގައިގައި ބައްދައިލެވިފައިވާ ނަމަ، ހާސްކަމެއް ހަނދާން ނެތިފައިވާ ނަމަ، ނުވަތަ ޤައުމާ މެދު ފަޚުރުވެރިވެވިފައިވާ ނަމަ، އެ ހުރިހާ ކަމެއް އެއީ ބޭކާރެއް ނޫން" ކަމަށެވެ.

ރޮނާލްޑޯ ވަނީ އާއިލާ އާއި ޕޯޗުގަލްގެ ރައްޔިތުންނާއި ޤައުމީ ޓީމުގައި އެކީ މަސައްކަތްކުރި ކުޅުންތެރީންނާއި ކޯޗުންނާއި ސްޓާފުންނަށް ޝުކުރު އަދާކޮށްފައެވެ.

ޕޯޗުގަލްގެ ކެޕްޓަން ބޭންޑު އެޅި ރޮނާލްޑޯ އެ ޓީމަށް 234 މެޗު ކުޅެ 146 ލަނޑު ޖެހިއެވެ. ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ ޔޫރޯ 2016 ކާމިޔާބުކޮށް އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ބޮޑު ތަށި ހޯދައިފައެވެ. އޭގެ އިތުރުން 2019 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގު ވެސް ރޮނާލްޑޯ ޓީމުގައި ހުރެ ޕޯޗުގަލް ކާމިޔާބުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.