އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ދަނގެތީގައި ހުޅުވައި ޚިދުމަތް ފަށައިފި
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އދ. ދަނގެތީގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ޤާއިމުކުރި ފިއުލް ސްޓޭޝަނުން މިއަދު ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އެ ސްޓޭޝަން ހުޅުވައިދެއްވީ ދަނގެތީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދެވެ. އެ ރަސްމިއްޔާތުގައި ދަނގެތީ ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.
މި ޚިދުމަތް ފެށުމާ އެކު މާލެއިން ޑީސަލް ވިއްކާ އަގުގައި ދަނގެތިން ވެސް މަސްވެރިންނަށް ޑީސަލް ލިބެން ހުންނާނެއެވެ. މިއީ އަތޮޅުތަކުގެ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއިފަސޭހަ ކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ތެރެއިން އެޅުނު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި ސްޓޭޝަނުގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަޙައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ވެސް އަގުހެޔޮކޮށް ފަސޭހަ ކަމާ އެކު ތެޔޮ ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް