ކޮލަމާފުށީގައި ފެންބޮޑުވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ
ގއ. ކޮލަމާފުއްޓަށް މިރޭ ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
ގއ. ކޮލަމާފުއްޓަށް މިރޭ ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވާރެޔާ ގުޅިގެން ރަށުގެ ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އެ އިދާރާއިން ބުނީ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަންޕާއި ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން މިހާރު އެ ރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް