މައިގަނޑު ބަޔަށް ދާން

ދުނިޔެ

އެޑްނޮކުން އިންޑިއާއަށް 10 އަހަރު ގޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) އިން އިންޑިއާގެ ގުޖުރާތު އެނަރޖީ ލިމިޓެޑާ ދެމެދު 10 އަހަރު ދުވަހަށް ލިކުއިފައިޑް ނެޗުރަލް ގޭސް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޑްނޮކުން އިންޑިއާއަށް 10 އަހަރު ގޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) އިން އިންޑިއާގެ ގުޖުރާތު އެނަރޖީ ލިމިޓެޑާ ދެމެދު 10 އަހަރު ދުވަހަށް ލިކުއިފައިޑް ނެޗުރަލް ގޭސް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރުން ފެށިގެން ޖުމްލަ ހަތަރު މިލިއަން މެޓްރިކް ޓަނުގެ ޤުދުރަތީ ގޭސް އިންޑިއާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. ގޭސް ފޯރުކޮށްދޭނީ އެޑްނޮކްގެ ބޭރުގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ އެކްސް.އާރު.ޖީ މެދުވެރިކޮށެވެ. މިއީ އެކްސް.އާރު.ޖީގެ ބައިނަލްއަޤުވާމީ ޕޯޓްފޯލިއޯއިން ބޭރު ބާޒާރަކަށް ގޭސް ވިއްކާ ފުރަތަމަ ފަހަރެވެ.

މިއީ އިންޑިއާއަށް ޤުދުރަތީ ގޭސް ސަޕްލައިކުރުމަށް އެޑްނޮކުން ސޮއިކުރި ފަސް ވަނަ އެއްބަސްވުމެވެ. އިންޑިއާއަކީ ދުނިޔޭގައި ހަކަތައިގެ ޑިމާންޑް އެންމެ ބާރަށް އިތުރުވަމުން އަންނަ އެއް ޤައުމެވެ. އެ ޤައުމުގެ ސިނާއީ ކުރިއެރުމާ އެކު ޤުދުރަތީ ގޭހަށް ބޭނުންވާ މިންވަރު ވެސް ދަނީ ބޮޑުވަމުންނެވެ.

ޔޫއޭއީ އާއި އިންޑިއާއާ ދެމެދު އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިވަމުން އަންނައިރު، އެޑްނޮކުން ދަނީ އިންޑިއާގެ ގޭހުގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާ ފުޅާކުރުމަށް އެ ޤައުމުގެ އެކި ކުންފުނިތަކާ އެކު މިފަދަ ދިގު މުއްދަތުގެ އެއްބަސްވުންތައް ޤާއިމުކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.