މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން ނަންބަރުތައް ބަދަލުކޮށްފި

މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ހޮޓްލައިން ނަންބަރުތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން ނަންބަރުތައް ބަދަލުކޮށްފި

މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ހޮޓްލައިން ނަންބަރުތަކަށް ބަދަލު ގެނެސްފިއެވެ.

އެ ކުންފުނިން ބުނީ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށާއި ޢާންމު އެހީތެރިކަމަށް މިހާރު ގުޅަންޖެހޭ ނަންބަރަކީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 ކަމަށެވެ. މި ނަންބަރުން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ޚިދުމަތް ލިބޭނެ ކަމަށެވެ. އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ވެސް ފޯނުގެ ސްކްރީނުން ފެންނާނީ މި ނަންބަރު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކުއްލި ޙާލަތްތަކުގައި ގުޅުމަށް ޚާއްޞަކޮށްފައިވަނީ 105 ނަންބަރެވެ. މި އެމަޖެންސީ ހޮޓްލައިނުން ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރު މެދުކެނޑުމެއް ނެތި ޚިދުމަތް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ވީހާ ވެސް ގާތުން އަދި ފަސޭހަކަމާ އެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި، ކަނޑައެޅިފައިވާ ނަންބަރުތައް ބޭނުންކުރުމަށް ކަސްޓަމަރުންގެ ކިބައިން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.