ޓިކްޓޮކް މެދުވެރިކޮށް ދަރިވަރަކަށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ
ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް ޓިކްޓޮކް އެކައުންޓެއް ހަދައިގެން އެހެން ދަރިވަރަކަށް ބުލީކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގުކުރަން ފަށައިފިއެވެ.

އެ އެކައުންޓް މެދުވެރިކޮށް އަނިޔާ ލިބުނު ކުއްޖާގެ ޒާތީ ސިފައަށް ބަދުބަސް ބުނެ ފުރައްސާރަކޮށް، އެ ކުއްޖާގެ ފޮޓޯ ވެސް އާންމުކޮށްފައިވެއެވެ. އޭގެ އިތުރުން އެ ކުއްޖާއަށް އެކި ބާވަތުގެ އިންޒާރުތައް ދީ، ނަފްސާނީ ގޮތުން ބޮޑެތި އަސަރުތައް ކުރާ ފަދަ ވާހަކަތައް ވެސް ލިޔެފައިވެއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލަ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުދިންނަށް ކުރާ މި ފަދަ ސައިބާ ބުލީގެ ޢަމަލުތަކަށް ސަމާލުވެ، ދަރިވަރުން އިންޓަނެޓް ބޭނުންކުރާ ގޮތް ބެލެނިވެރިން ގާތުން ބެލުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް