އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޢުލޫމާތަށް 20 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅައިފި
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިނާމު ދޭނެކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑު (ސެންޓްކޮމް) އިޢުލާނުކޮށްފިއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިނާމު ދޭނެކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑު (ސެންޓްކޮމް) އިޢުލާނުކޮށްފިއެވެ.
ސެންޓްކޮމުން އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އިނާމު ހުށަހަޅަނީ އެމެރިކާ ސަރުކާރުގެ "ރިވޯޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމުގެ ދަށުންނެވެ. ފައިސާގެ އިނާމުގެ އިތުރުން، މަޢުލޫމާތު ދޭ ފަރާތްތައް އެހެން ތަނަކަށް ބަދަލުކޮށްދިނުމުގެ ފުރުޞަތު ވެސް އޮންނާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ސެންޓްކޮމުން ހޯދަން ބޭނުންވާ މަޢުލޫމާތުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ތަންތަނާއި އާލާތްތަކާއި، އެ ޕްރޮގްރާމާ ގުޅުން ހުރި ފަރާތްތައް ހިމެނެއެވެ. ޚާއްޞަކޮށް ސައިންސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ މީހުންގެ ދަތުރުފަތުރާ ބެހޭ ތަފްސީލް ވެސް ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
މަޢުލޫމާތު ހުށަހެޅުމަށް ރިވޯޑްސް ފޯ ޖަސްޓިސް ވެބްސައިޓުގެ ލިންކެއް ވެސް ސެންޓްކޮމުން ހިއްސާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް