ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަޑި އަންގާރަ ދުވަހު ހަމަވަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ވިޔަފާރިތަކަށް އަމާޒުކޮށް ހުޅުވައިލާފައިވާ ސްޓާޓަޕް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު ދޭކަށް ބަންދުވާނެ ކަމަށް އެ ބޭންކުން މިއަދު ހަނދާންކޮށްދީފިއެވެ.

މި ގްރާންޓް މެދުވެރިކޮށް ދެ ފަރާތެއް ހޮވައި، ކޮންމެ ފަރާތަކަށް ފަސް ލައްކަ ރުފިޔާ ހިލޭ ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމައިފައެވެ. ފައިސާގެ އެހީގެ އިތުރުން ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި ހޮވޭ ފަރާތްތަކަށް އެ ބޭންކުގެ ޚާއްޞަ ރިލޭޝަންޝިޕް މެނޭޖަރެއް މެދުވެރިކޮށް އެއް އަހަރު ދުވަހުގެ މެންޓާޝިޕް ސަޕޯޓު ފޯރުކޮށްދޭނެއެވެ. ޢާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ވެސް މި ގްރާންޓަށް ކުރިމަތިލެވޭނެއެވެ.
އައު ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުފުރޭ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ ފަންޑު ފޯރުކޮށްދިނުމުގެ ބޭނުމުގައި ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތަޢާރަފްކުރީ 2022 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް