ސުޕްރީމް ކޯޓުގެ ހުސް ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލި ފުރުސަތު ބަންދުވިއިރު، ހައިކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމުގައިވާ އަބްދުއްރައޫފު އިބްރާހީމާއި އަލީ ސަމީރު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

އަބްދުއްރައޫފު އިބްރާހީމަކީ މިހާރު ވެސް ހައިކޯޓުގެ ފަނޑިޔާރެކެވެ. ކުރިން ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވުމަށް ފަހު، މައްސަލައެއް ބެލުން ފެށުމާ ގުޅިގެން އިސްތިއުފާ ދެއްވައި، ފަހުން ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރެއްވިއެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އަލުން ވަޑައިގެންނެވީ މި ފަހުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވައިލީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޝަރަފުވެރިކަމާ އެކު މަގާމުން ވަކިވެވަޑައިގަތުމަށް ހުށަހެޅުއްވުމުން، ޖޭއެސްސީން އެ ހުށަހެޅުއްވުން ބަލައިގެންފައިވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް