މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޖަޕާނުގެ މެދުތެރެއަށް 5.7 ގެ ބިންހެލުމެއް — 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޖަޕާނުގެ މެދުތެރޭ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބިންހެލުމެއް އައިސް، 20 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

ޖަޕާނުގެ މެދުތެރެއަށް 5.7 ގެ ބިންހެލުމެއް — 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޖަޕާނުގެ މެދުތެރޭ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބިންހެލުމެއް އައިސް، 20 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި ބިންހެލުން ހިނގީ އާދީއްތަ ދުވަހުގެ ފަތިހު 1:04 ހާއިރު، ހުޅަނގު ޝިޒުއޯކާ ޕްރިފެކްޗާގެ 40 ކިލޯމީޓަރު (25 މޭލު) އަޑިންނެވެ. ޒަޚަމްވި ގިނަ މީހުންނަކީ އައިޗީ އަދި ޝިޒުއޯކާ ޕްރިފެކްޗާއަށް ނިސްބަތްވާ މީހުން ކަމަށާއި، ގިނަ ބަޔަކަށް އަނިޔާވީ ބިންހެލުމާ އެކު ބިރުވެރިކަން އުފެދި ސިޑިން ފައިބަން އުޅުމުގެ ތެރޭގައި ކަމަށް ކިޔޯޑޯ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

ބިންހެލުމުގެ ސަބަބުން ބައެއް ޢިމާރާތްތަކާއި ވިޔަފާރި މަރުކަޒުތަކަށް ގެއްލުން ލިބިފައިވެއެވެ. ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ތެޅި މަގުމައްޗަށް އެޅިފައިވާ މަންޒަރާއި، ފޮތް ހަރުތަކުން ފޮތްތައް ބިންމައްޗަށް ވެއްޓިފައިވާ މަންޒަރު އެ ޤައުމުގެ މީޑިއާތަކުން ދައްކާފައިވެއެވެ. ރައްކާތެރިކަން ހޯދުމުގެ ގޮތުން ގިނަ ބަޔަކު ޢިމާރާތްތަކުން ނިކުތީ ހާމަ މައިދާންތަކަށެވެ.

ބިންހެލުމުގެ ލޮޅުންތައް އައިޗީ ޕްރިފެކްޗާގެ ވަށައިގެންވާ ސަރަޙައްދުތަކަށް ފޯރާފައިވެއެވެ. އޭގެ ތެރޭގައި ހަމަމަޓްސޫ ސިޓީ އާއި ތާރީޚީ ގޮތުން މުހިންމު ކިޔޯޓޯ އާއި ނާރާ ހިމެނެއެވެ. ފުޖީ ފަރުބަދަ އޮންނަ ޔަމަނާޝީ އާއި ގިފޫ ޕްރިފެކްޗާއަށް ވެސް ލޮޅުންތައް އިހުސާސް ކުރެވިފައިވެއެވެ. ނަމަވެސް ސުނާމީގެ އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ. ބިންހެލުން އުފެދުނު މަރުކަޒާ ދުރުގައި އޮތުމުން ވެރިރަށް ޓޯކިޔޯއަށް މާ ބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ސަރަޙައްދުގެ ދަތުރުފަތުރަށް ވެސް ބުރޫ އެރިއެވެ. ބައެއް ރޭލު ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލާފައިވާ އިރު، ޝިންކަންސެން ބުލެޓް ރޭލުތަކުގެ ދުވެލި ދަށްކޮށްފައިވެއެވެ. ޓޯކިޔޯ އާއި އޮސާކާ ގުޅުވައިދޭ ޓޯކައިޑޯ ޝިންކަންސެން ލައިނުގެ ރައްކާތެރިކަން ބެލުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކާ ގުޅިގެން ޝިޒުއޯކާ އާއި ގިފޫ-ހަޝިމާ ސްޓޭޝަނާ ދެމެދު ދަތުރުތައް ލަސްވެފައިވާ ކަމަށް އެ ޚިދުމަތް ދޭ ޖޭއާރް ސެންޓްރަލް އިން ބުނެފައިވެއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، ޚާއްޞަކޮށް ކުރިއަށް އޮތް ދެ ތިން ދުވަހު ބާރުގަދަ ލޮޅުންތަކެއް އައުމުގެ ފުރުޞަތު އޮތް ކަމަށް ބުނެ، ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.