މައިގަނޑު ބަޔަށް ދާން

ހަބަރު

ށ. ފޯކައިދޫއާއި މިލަންދޫގައި އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދޭ: މިނިސްޓަރު ޝަހީމް

ށ. ފޯކައިދޫއާއި އެ އަތޮޅު މިލަންދޫގައި ސަރުކާރުން ޤާއިމުކުރާ ދެ އިސްލާމީ މަރުކަޒުގެ ޢިމާރާތުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އަހުމަދު އާހިލް ސައީދު

މިނިސްޓަރު ޝަހީމް ވިދާޅުވީ ފޯކައިދޫ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން ބީމް ޝަޓަރިންގ އާއި ރީއިންފޯސްމަންޓުގެ މަރުޙަލާ މިހާރު ކުރިއަށްދާ ކަމަށެވެ. މިލަންދޫ މަރުކަޒުގައި މުންނާރުގެ ބައެއް މަސައްކަތްތަކާއި އާރްސީ ވޯލް ފޯމްވަރކް އަދި ރީއިންފޯސްމަންޓުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

ފޯކައިދޫ މަރުކަޒު ނިމޭއިރު 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ބައެއް ހިމެނޭނެއެވެ. އެ މަރުކަޒުގައި 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި ލައިބްރަރީއަކާއި ހަތަރު ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބަޔަކާއި ހިނަވާގެއެއް ހެދުމަށް ރާވާފައިވެއެވެ. ހަމައެއާ އެކު ސޯލާ ހަރުކޮށް އޭސީގެ ނިޒާމު ޤާއިމުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. މިލަންދޫ މަރުކަޒުގައި ވެސް ކޮންފަރެންސް ހޯލަކާއި ލައިބްރަރީއަކާއި ހަތަރު ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބަޔަކާއި ހިނަވާގެއެއް ބިނާކުރުމަށް ނިންމާފައިވާ އިރު، އެ ތަނުގައި ވެސް ސޯލާ ހަރުކޮށް އޭސީ ކުރެވޭނެއެވެ.

މި ދެ މަޝްރޫޢު ވެސް ޙަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.