މައިގަނޑު ބަޔަށް ދާން

ހަބަރު

39 ޤައުމެއްގެ ދަތުރުވެރިންނަށް ވީއައިއޭގެ އީ-ގޭޓް ޚިދުމަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ހަމައެކަނި ދިވެހިންނަށް ދެމުން އައި އީ-ގޭޓް ޚިދުމަތް 39 ޤައުމެއްގެ ބައިނަލްއަޤުވާމީ ދަތުރުވެރިންނަށް މިއަދު ހުޅުވާލައިފިއެވެ.

39 ޤައުމެއްގެ ދަތުރުވެރިންނަށް ވީއައިއޭގެ އީ-ގޭޓް ޚިދުމަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ހަމައެކަނި ދިވެހިންނަށް ދެމުން އައި އީ-ގޭޓް ޚިދުމަތް 39 ޤައުމެއްގެ ބައިނަލްއަޤުވާމީ ދަތުރުވެރިންނަށް މިއަދު ހުޅުވާލައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ. އެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފް އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަސީޙް ބައިވެރިވެވަޑައިގެންނެވިއެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އިސް ވެރިން ވެސް އެ ޙަފްލާއަށް ވަޑައިގެންނެވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ފުޅާކުރި މި ޚިދުމަތުގެ ދަށުން، ކަނޑައެޅިފައިވާ 31 އެއާލައިނަކުން ދަތުރުކުރާ، ޝަރުޠުހަމަވާ އިލެކްޓްރޯނިކް ޕާސްޕޯޓެއް އޮންނަ ފަރާތްތަކަށް އޮޓޮމޭޓެޑް ނިޒާމުގެ ތެރެއިން އިމިގްރޭޝަން މަރުޙަލާ ފުރިހަމަކުރެވޭނެއެވެ. ވީއައިއޭގައި ޖުމްލަ 35 އީ-ގޭޓް ޤާއިމުކޮށްފައިވާއިރު، އޭގެ ތެރެއިން 20 ގޭޓް ޚާއްޞަކޮށްފައިވަނީ ރާއްޖެ އަންނަ ފަރާތްތަކަށެވެ. ބާކީ 15 ގޭޓް ޚާއްޞަކޮށްފައިވަނީ ފުރާ ފަރާތްތަކަށެވެ. ޚިދުމަތް ފެށުމާ އެކު، އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި ފަސިންޖަރަކު ވަނީ އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ނިންމާލައިފައެވެ.

އީ-ގޭޓް ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޢާންމު ޚިދުމަތްތައް އަވަސްކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.