މައިގަނޑު ބަޔަށް ދާން

ކުޅިވަރު

65 މެންބަރުންގެ ތާއީދާ އެކު 59.7 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، އެއްވެސް އިސްލާހެއް ނުގެނެސް، ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބަޖެޓާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ 13 މެންބަރުންނެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓާ ގުޅިގެން އެމްޑީޕީން ޖުމްލަ 23 އިސްލާހެއް ހުށަހެޅި ނަމަވެސް، މަޖިލީހުގެ ގަވައިދާ ތަޢާރުޒުނުވާ ކަމަށް ރިޔާސަތުން ބަލައިގަތީ ހަތް އިސްލާހެކެވެ. ޕީއެންސީގެ ސުޕާ މެޖޯރިޓީ ބޭނުންކޮށް އެ ހުރިހާ އިސްލާހެއް ވެސް ވަނީ ބޭރުކޮށްލައިފައެވެ.

ބަޖެޓުގެ 42.7 ބިލިއަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް %71.5 ކަނޑައަޅާފައި ވަނީ ރިކަރެންޓް ޚަރަދަށެވެ. ކެޕިޓަލް ޚަރަދަށް 9.8 ބިލިއަން ރުފިޔާ ލަފާކޮށްފައިވެއެވެ.

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، މިއީ ހިނގާ އަހަރާ އަޅައިބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީގެ ގާތްގަނޑަކަށް %77 ހިއްސާކުރަނީ ޓެކްސް އާމްދަނީ ކަމަށް ވާ އިރު، ޓެކުހުން އެކަނި 33.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.