އަންނަ އަހަރުގެ ބަޖެޓް ކުޑަ ނަމަވެސް ފަށާފައި ހުރި މަޝްރޫޢުތައް ނިންމޭނެ: މިނިސްޓަރު މުއްޠަލިބު
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް މި އަހަރަށްވުރެ ކުޑަ ނަމަވެސް، މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް މި އަހަރަށްވުރެ ކުޑަ ނަމަވެސް، މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ވަނީ ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމާ ގުޅޭ ގޮތުންނާއި، ބަޖެޓް ކުޑައިރު އެ މަސައްކަތް ނިންމާނެ ގޮތަކާ މެދު މިނިސްޓަރާ ސުވާލުކުރައްވައިފައެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫޢުތައް ހުއްޓާލައި، އަމިއްލަ އެޖެންޑާއެއް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު މި ސަރުކާރަށް އޮތް ނަމަވެސް، އެ މަގު ޚިޔާރުނުކޮށް އެ މަޝްރޫޢުތައް އަމިއްލަ މަޝްރޫޢުތައް ކަމަށް ދެކިގެން ކުރިއަށް ގެންދަވަމުން ގެންދަވާ ކަމަށެވެ.
"މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،" މުއްޠަލިބު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އައު މަޝްރޫޢުތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަމަށާއި، ބަޖެޓް ފަރުމާކޮށްފައި ވަނީ މިހާރު ހިނގަމުންދާ މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ. އެހެންކަމުން ކުރިން ރޭވިފައިވާ ގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް