ރަސްމާލެ ތަރައްޤީކުރަނީ އަމިއްލަ އިޤްތިޞާދެއް އޮތް ޝަހަރެއްގެ ގޮތުގައި: މިނިސްޓަރު މުއްޠަލިބު
ހުޅުމާލެއަކީ މިއަދުވެސް މާލެއަށް ވަޒީފާއަށް ދާ މީހުން ނިދަން އަރާ ތަނެއްގެ ގޮތުގައި އޮތް ތަނެއް ކަމަށާއި، ރަސްމާލެ ތަރައްޤީކުރަނީ އެ ވިސްނުން ބަދަލުކޮށް އަމިއްލަ އިޤްތިޞާދެއް ލިބިފައިވާ ޝަހަރެއް ބިނާކުރުމަށް ކަމަށް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެ
ހުޅުމާލެއަކީ މިއަދުވެސް މާލެއަށް ވަޒީފާއަށް ދާ މީހުން ނިދަން އަރާ ތަނެއްގެ ގޮތުގައި އޮތް ތަނެއް ކަމަށާއި، ރަސްމާލެ ތަރައްޤީކުރަނީ އެ ވިސްނުން ބަދަލުކޮށް އަމިއްލަ އިޤްތިޞާދެއް ލިބިފައިވާ ޝަހަރެއް ބިނާކުރުމަށް ކަމަށް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަކުން ނުފުދޭ ކަމަށާއި، ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ ހޯދޭނެ މަގުތައް ވެސް ތަނަވަސްވާން ޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 1997 ވަނަ އަހަރު ހުޅުމާލެ ހިއްކަން ފެށި ހިސާބުން 2018 ގައި ސިނަމާލެ ބުރިޖު އެޅެންދެން ވެސް އެ ތަން އޮތީ ހަމައެކަނި ނިދަން އަރާ ތަނެއްގެ ގޮތުގައި ކަމަށާއި، މިއަދުވެސް އެ ޙާލަތު ބަދަލު ނުވާ ކަމަށެވެ.
"އެ ތަނުގަ މިއަދު ވެސް ސިނަމާލެ ބުރިޖު ހުރަސްކޮށްފަ ފަސްދޮޅަސް ހާސް މީހުން މާލެއަށް ވަޒީފާއަށް އެބަ އާދޭ. އަދިވެސް ހުޅުމާލޭގަ ވަޒީފާގެ ފުރުސަތާ އާމްދަނީ ހޯދުމުގެ މާ ގިނަ ފުރުސަތުތަކެއް ނެތް."
ކުރީ ސަރުކާރުން ގޯތި ދޫކުރި ގޮތަށް ފާޑުވިދާޅުވެ މިނިސްޓަރު ވިދާޅުވީ، ވިޔަފާރިއާއި އާމްދަނީ ހޯދާނެ ބިމެއް ނެތި ގޯތި ދޫކުރުމަކުން ޝަހަރެއް ތަރައްޤީ ނުކުރެވޭނެ ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސާލިހު ގުޅީފަޅުން ގޯތި ދިން ގޮތަށް، އިބްރާހިމް މުހައްމަދު ސާލިހު ގިރާވަރުފަޅުން ގޯތި ދިން ގޮތަށް ވިޔަފާރިއެއް ކުރާނެ، އާމްދަނީ ހޯދާނެ އެއްވެސް ބިމެއް ނެތި ރަސްމާލެއިން ގޯތި ދޫކޮށްފި ކަމަށް ވަންޏާމުން، ކުރިޔަށް އޮތް ސާޅީސް އަހަރު ތެރޭގައި ވެސް އެތަން ތަރައްޤީއެއް ނުވާނެ. އެހެންވީމާ އަޅުގަނޑުމެން މިކުރާ ކަމަކީ އެތަނުގައި އިޤްތިޞާދެއް ޤާއިމުކުރުން،"
ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަނީ އިޤްތިޞާދީ ޙަރަކާތްތަކާއި ވަޒީފާގެ ފުރުޞަތުތައް އެއްފަސްވާ ގޮތަށް ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރަސްމާލެއިން ހިއްކާ 500 ހެކްޓަރަކީ ހުޅުމާލެ ފޭސް އެކަކާއި ދޭކާ އެއްކޮށްލީމާ ލިބޭ ޖާގައަށް ވުރެ ވެސް ބޮޑު ސަރަޙައްދެއް ކަމަށާއި، މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ރައްޔިތުންނަށް އެ ތަނުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް