މައިގަނޑު ބަޔަށް ދާން

ހަބަރު

ރައްޔިތުން ގަދަކަމުން އެހެން ރަށަކަށް ބަދަލެއް ނުކުރާނެ: މިނިސްޓަރު މުއްޠަލިބް

ރަށެއްގެ އެންމެހައި ރައްޔިތުން އެދިގެން ނޫނީ އެ ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުނުކުރާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން ގަދަކަމުން އެހެން ރަށަކަށް ބަދަލެއް ނުކުރާނެ: މިނިސްޓަރު މުއްޠަލިބް

ރަށެއްގެ އެންމެހައި ރައްޔިތުން އެދިގެން ނޫނީ އެ ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުނުކުރާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުން ފެށިގެން ވެސް ރަށެއްގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރަމުން އައިސްފައިވަނީ އެ ރަށެއްގެ ހުރިހާ ރައްޔިތުން އެކަމަށް އެއްބަސްވާ ނަމަ ކަމަށެވެ. ރަކީދޫއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ސާވޭ ހެދުމުންވެސް އެ ރަށުގެ ހުރިހާ ރައްޔިތުންގެ ރުހުން ލިބިފައި ނުވާ ކަމަށެވެ.

"ބަދަލުވާން ބޭނުންވާކަމުގައިވާނަމަ، ރަސްމާލެ ނޫން ނަމަވެސް، ވީހާވެސް އަވަހަކަށް އާބާދުކުރެވޭ މާލެ ކައިރި ސަރަހައްދަކަށް ބަދަލުކުރުމަށް މިތިބީ ތައްޔާރަށް،" މިނިސްޓަރު ވިދާޅުވިއެވެ. "އެހެންނަމަވެސް ގަދަކަމަކުން އެއްވެސް ރައްޔިތަކު ބަދަލެއް ނުކުރާނަން."

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މ. ރަތްމަންދޫ ރައްޔިތުންނަށް ކ. ތުލުސްދޫއިން ގޯތި ކަނޑައެޅިފައިވާ ކަމަށާއި، އެ ރައްޔިތުން ބަދަލުކުރުމުގެ ކަންކަމުގައި އެމްއޭސީއެލްގެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ހަމަ އެ އުސޫލުން ރަކީދޫ ރައްޔިތުން ބޭނުންވާ ނަމަ އެ ރަށުގެ މީހުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަކީދޫއަށް 2025 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ވަނީ، ރަށުގެ 80 އިންސައްތަ ރައްޔިތުން ތާއީދުކުރާ ނަމަ ވަސީލަތްތަކާއި ޚިދުމަތްތައް ފުރިހަމަ ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.