މައިގަނޑު ބަޔަށް ދާން

ހަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުއްޖަކު ތިބިއިރު، އެ ތެރެއިން ތިން ކުއްޖަކު އާއިލާތަކާ އަލުން ހަވާލުކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުއްޖަކު ތިބިއިރު، އެ ތެރެއިން ތިން ކުއްޖަކު އާއިލާތަކާ އަލުން ހަވާލުކޮށްފިއެވެ.

ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓްރީން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންގެ ތެރެއިން 89 ކުދީންނަކީ ފިރިހެން ކުދީން ކަމަށް ވާއިރު، 64 ކުދީންނަކީ އަންހެން ކުދީންނެވެ. މިދިޔަ މަހު ތިން ކުއްޖަކު ވަނީ އާއިލާތަކާ އެކު ރީއިންޓިގްރޭޓް ކޮށްފައެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 11 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ހަތަރު މައްސަލައާއި، ނާޒުކު ފަރާތްތައް ނުވަތަ އާއިލާތައް ބެލެހެއްޓުމުގެ ހަތަރު މައްސަލައާއި، މާލީ ފޯރުންތެރިކަން ނެތް ފަރާތެއް ނުވަތަ އާއިލާއެއް ބެލެހެއްޓުމުގެ ދެ މައްސަލައާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމުގެ އެއް މައްސަލައެވެ.

މި 11 މައްސަލައިގެ ތެރެއިން ތިން މައްސަލައަކީ ފިރިހެނުންނާ ގުޅުން ހުރި މައްސަލަ ކަމަށް ވާއިރު، އަށް މައްސަލައަކީ އަންހެނުންނާ ގުޅުން ހުރި މައްސަލައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.