އެޗްޑީސީއާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން 50 ރަށުގެ މަސައްކަތް ނިމިއްޖެ
ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން 50 ރަށެއްގެ ޖިމް ހެދުމުގެ މަސައްކަތް އެ ކުންފުނިން ނިންމައިފިއެވެ.

މި މަޝްރޫޢަކީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ނިމިފައިވާ 50 ރަށުގެ ޖިމްތަކުގައި ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.
ބާކީ 21 ރަށުގެ އައުޓްޑޯ ޖިމް ވެސް ތާވަލާ އެއްގޮތަށް ނިންމުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެގޮތުން ބައެއް ރަށްތަކަށް ޖިމް ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، މަރާމާތު ބޭނުންވާ ޖިމްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ.
އެޗްޑީސީން ބުނީ މި މަސައްކަތުގެ މަޤުޞަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅެން މީހުންނަށް ބާރުއެޅުން ކަމަށެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް