މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ބޭރު ފައިސާ މާރުކުރުމުގެ އާ ގަވައިދެއް މިއަދު ތަންފީޒުކޮށްފި

ބޭރު ފައިސާއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 32/2024) ގެ ދަށުން އެކުލަވައިލި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ އާ ގަވައިދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓްކޮށް، މިއަދު ތަންފީޒުކުރަން ފަށައިފިއެވެ.

ބޭރު ފައިސާ މާރުކުރުމުގެ އާ ގަވައިދެއް މިއަދު ތަންފީޒުކޮށްފި

ބޭރު ފައިސާއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 32/2024) ގެ ދަށުން އެކުލަވައިލި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ އާ ގަވައިދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓްކޮށް، މިއަދު ތަންފީޒުކުރަން ފަށައިފިއެވެ.

މި ގަވައިދާ އެކު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު އެކަކުން ފެށިގެން ޢަމަލުކުރަމުން ގެންދިޔަ މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވައިދު (2024/R-92) އާއި 2025 ގައި އެ ގަވައިދަށް ގެނައި އިސްލާޙު ވަނީ އުވިފައެވެ. ކުރީގެ ގަވައިދު އެކުލަވައިލާފައި އޮތީ އެމްއެމްއޭގެ ޤާނޫނުގެ ދަށުންނެވެ.

އާ ގަވައިދުގެ ދަށުން ކެޓަގަރީތަކަށް ބަހާލައިގެން ލައިސަންސް ދޫކުރި ނިޒާމު އުވާލައި، ދެން ދޫކުރާނީ އެންމެ ލައިސަންސެކެވެ. ލައިސަންސް ލިބޭ ފަރާތްތަކުން ވިޔަފާރި ހިންގާނީ ދެ ކެޓަގަރީއެއްގެ ދަށުންނެވެ. ކެޓަގަރީ-އޭގެ ދަށުން ޢާންމުންނަށާއި ވިޔަފާރިތަކަށާއި އެ ނޫން ވެސް ފަރާތްތަކަށް ޚިދުމަތް ދެވޭ އިރު، ކެޓަގަރީ-ބީގެ ދަށުން ޚިދުމަތް ފޯރުކޮށްދެވޭނީ ހަމައެކަނި ވިޔަފާރިތަކަށެވެ.

ސެކިއުރިޓީ ޑިޕޮސިޓުގެ ޢަދަދު ވެސް ވަނީ ދެ ގުނައަށް ބޮޑުކޮށްފައެވެ. ކުރިން 100,000 އެމެރިކާ ޑޮލަރުގައި ހުރި ޑިޕޮސިޓް 200,000 ޑޮލަރަށް އިތުރުކޮށްފައިވާ އިރު، އިތުރު ކޮންމެ ތަނަކަށް ބަހައްޓަންޖެހޭ ޑިޕޮސިޓް ވެސް 50,000 ޑޮލަރުން 100,000 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. ނަގުދު ފައިސާއިން މުޢާމަލާތްކުރެވޭ 50,000 ރުފިޔާގެ ލިމިޓަކީ ކުރީގެ ގަވައިދުގައި ވެސް ކަނޑައެޅިފައި އޮތް ޢަދަދެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.