މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ތޫނު ހަތިޔާރާ އެކު މާރާމާރީއަށް ތައްޔާރުވި ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް ތައްޔާރުވަމުން ދިޔަ ހަ މީހަކު ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ތޫނު ހަތިޔާރާ އެކު މާރާމާރީއަށް ތައްޔާރުވި ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް ތައްޔާރުވަމުން ދިޔަ ހަ މީހަކު ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ރޭ 10:50 ހާއިރު މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ ތޫނު ހަތިޔާރާ އެކު ބަޔަކު މާރާމާރީއަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ކަމަށް ފުލުހުން ބުނެއެވެ. އެ ސަރަހައްދުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވެއެވެ. އޭގެ އިތުރުން އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވެސް ފެނިފައިވެއެވެ.

ފުލުހުން އެ ސަރަހައްދު އިތުރަށް ޕްރޮސެސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ވެސް ހޯދާފައިވެއެވެ. މި މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭ ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.