ޗެމްޕިއަންސް ލީގުގައި ސްޕޯޓިންއާ އެއްވަރުވެ ޕޮޗެޓީނޯއަށް ފުރަތަމަ މޮޅު ނުލިބުނު
ޗެމްޕިއަންސް ލީގުގައި ރޭ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑުގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ފުރަތަމަ މޮޅު ހޯދުމުގެ އުންމީދު ފެނަށް ގޮސްފިއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑުގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ފުރަތަމަ މޮޅު ހޯދުމުގެ އުންމީދު ފެނަށް ގޮސްފިއެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ގޯލްކީޕަރު ސެން ލަމެންސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ސްޕޯޓިންގެ ލުއިސް ސުއަރޭޒް ގޯލަށް ވައްދައި ސްޕޯޓިން ކުރި ހޯދިއެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ ފަސް މިނެޓު ތެރޭ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ދެ ގޯލް ކާމިޔާބުކޮށް ޔުނައިޓެޑުން މެޗުގެ ކޮންޓްރޯލް ނެގިއެވެ. އެހެން ނަމަވެސް ކީޕަރު ލަމެންސް އަތުން ދޫވި ބޯޅައެއްގެ ބޭނުން ހިފައި ސުއަރޭޒް ދެވަނަ ލަނޑެއް ޖަހައި ނަތީޖާ 2-2 އަށް ބަދަލުކުރިއެވެ.
މެޗުގެ ފަހުކޮޅު ޔުނައިޓެޑުން ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ އެ ލަނޑު ބާޠިލުކުރިއެވެ. މެޗުގެ ފަހު މިނެޓުގައި ޔުނައިޓެޑުގެ ޔޫރީ ޓީލަމަންސްއަށް ރަތް ކާޑު ދެއްކީ ވެސް އެ ޓީމަށް ލިބުނު އިތުރު ހިތްދަތި ކަމެކެވެ.
ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް ޔުނައިޓެޑުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވާ އިރު، އެ ޓީމު މިހާރު އޮތީ ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ ތާވަލުގެ 19 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް