މައިގަނޑު ބަޔަށް ދާން

ހަބަރު

ތޫނު ހަތިޔާރާ އެކު މާރާމާރީއަކަށް ތައްޔާރުވި ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި ރޭ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ތޫނު ހަތިޔާރާ އެކު މާރާމާރީއަކަށް ތައްޔާރުވި ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި ރޭ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންނަށް އެ މަޢުލޫމާތު ލިބުނީ ރޭ ކަމަށާއި، ރޭ 22:50 އެހައިކަންހާއިރު ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވެއެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން ޖުމްލަ ތިން ބަޔޮނެޓާއި ކަޓަރެއް އެ ސަރަހައްދުން ފެނިފައިވެއެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުން ފެނުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، މި މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭ ހުޅުމާލޭގެ އެހެން ސަރަހައްދަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.