މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އަހުމަދު އާހިލް ސައީދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީން އާންމުކުރި އިއުލާނުގައިވާ ގޮތުން، މަގާމުތަކަށް ކުރިމަތިލެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ މަގާމަކަށް ކުރިމަތިލާ ފަރާތަކުން 1،000ރ. ގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއެއް ކަމުގައި ކަނޑައަޅާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށާއި، ފޯމު ބަލައިގަންނާނީ އެމްޑީޕީގެ "ޔެލޯ" އެޕް މެދުވެރިކޮށް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. މިހާރު ވެސް ބައެއް ފަރާތްތަކުން ކެމްޕެއިން ހަރަކާތްތައް ފަށާފައިވެއެވެ.

ގައުމީ މަޖިލީހުގެ މިހާރުގެ ދައުރު ހަމަވެފައިވާތީ، އާ މަޖިލީހެއް ހޮވުމަށް ވޯޓުލުން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 27 ވަނަ ދުވަހަށެވެ. މި މަހުގެ ކުރީކޮޅު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި އާ އަސާސީ ގަވާއިދެއް ފާސްކޮށް، ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.