މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ރޮނާލްޑޯ ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗުގަލް އެފްއޭއިން ސަސްޕެންޑުކޮށްފި

ޕޯޗުގަލްގެ ޤައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމާ ގުޅިގެން އެ ޤައުމުގެ ފުޓްބޯޅަ އިދާރާއިން އޭނާ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

ރޮނާލްޑޯ ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗުގަލް އެފްއޭއިން ސަސްޕެންޑުކޮށްފި

ޕޯޗުގަލްގެ ޤައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމާ ގުޅިގެން އެ ޤައުމުގެ ފުޓްބޯޅަ އިދާރާއިން އޭނާ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި މައްސަލަ ކުރިމަތިވީ ޑެންމާކާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗުގެ ކުރިން ކޯޕަންހޭގަންގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕުން ރޮނާލްޑޯ ނުކުމެގެން ދިއުމާ ގުޅިގެންނެވެ. ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި 30 މިނެޓު ކުޅެން ފުރުޞަތު ދޭނެ ކަމަށް ކޯޗު ޖޯޖް ޖީސަސް ވައުދުވި ނަމަވެސް އެ ވައުދާ ޚިލާފުވެ ބެންޗުގައި ބެހެއްޓުމުން ރޮނާލްޑޯ ހިތްހަމަނުޖެހިގެން ޓީމު ދޫކޮށް ދިޔައީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓީމު ދޫކޮށް ދިޔުމަށް ފަހު ރޮނާލްޑޯ އިންސްޓަގްރާމް މެދުވެރިކޮށް ބަޔާނެއް ނެރެ، ޓީމު ދޫކޮށްލި ސަބަބުގެ ހަޤީޤަތް ފަހުން ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް ފަހުން އާންމުކުރި ސިޓީއެއްގައި އޭނާ ވަނީ އެ ޢަމަލުގެ ޒިންމާ ނަގައި، ޓީމުގެ ކުޅުންތެރިންނާއި ޕޯޗުގީޒު ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. އޭގެ އިތުރުން ފެޑެރޭޝަނުން އަޅާ ކޮންމެ ފިޔަވަޅަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށާއި، އަލުން ޓީމަށް އެނބުރި އަންނަން ބޭނުންވާ ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.