މައިގަނޑު ބަޔަށް ދާން

ދުނިޔެ

ތުރުކީން 15 އަހަރު ނުފުރޭ ކުދިންނަށް މީސްމީޑިޔާ ބޭނުންކުރުން މަނާކޮށްފި

ތުރުކީވިލާތުން އައު ޤަވާއިދެއް ގެޒެޓުކޮށް، 15 އަހަރު ނުފުރޭ ކުޑަކުދިންނަށް މީސްމީޑިޔާގެ ހުރިހާ މަންސައެއް ބޭނުންކުރުން މަނާކޮށް، ހުރިހާ ބޭނުންކުރާ ފަރާތްތަކުގެ އުމުރު ސަރުކާރުގެ އީ-ޑެވްލެޓް ޕޯޓަލް މެދުވެރިކޮށް ކަށަވަރުކުރުން ލާޒިމުކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

ތުރުކީން 15 އަހަރު ނުފުރޭ ކުދިންނަށް މީސްމީޑިޔާ ބޭނުންކުރުން މަނާކޮށްފި

ތުރުކީވިލާތުން އައު ޤަވާއިދެއް ގެޒެޓުކޮށް، 15 އަހަރު ނުފުރޭ ކުޑަކުދިންނަށް މީސްމީޑިޔާގެ ހުރިހާ މަންސައެއް ބޭނުންކުރުން މަނާކޮށް، ހުރިހާ ބޭނުންކުރާ ފަރާތްތަކުގެ އުމުރު ސަރުކާރުގެ އީ-ޑެވްލެޓް ޕޯޓަލް މެދުވެރިކޮށް ކަށަވަރުކުރުން ލާޒިމުކޮށްފިއެވެ.

އެ ޤަވާއިދުގެ ދަށުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މީސްމީޑިޔާ ބޭނުންކުރެވޭނީ އެ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ހެދިބޮޑުވުމަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ކަނޑައަޅައިފައިވެއެވެ. އެ ޢުމުރުފުރައިގެ ކުދިންގެ އެކައުންޓު ހުޅުވާ ވަގުތުން ފެށިގެން ވަކި ޕްރައިވެސީ ސެޓިންގތަކެއް ޤާއިމުކޮށްފައި ބަހައްޓަން ޖެހޭ ކަމަށް ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޕްރައިވެސީއާ ގުޅޭ ގޮތުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި، ފްރެންޑް ރިކުއެސްޓް ޤަބޫލުނުކުރާހާ ހިނދަކު ޕްރޮފައިލް ނުބެލޭ ގޮތް ހެދުމާއި، ކުޑަކުދިންގެ އެކައުންޓުތަކުން ލައިވް ބްރޯޑްކާސްޓް ކުރެވޭ ގޮތް ބަންދުކުރުމާއި، ކުދިންނަށް އަމާޒުކޮށް އިޝްތިހާރު ދެއްކުން ހުއްޓުވުން ހިމެނެއެވެ. މީގެ އިތުރުން، ކުދިންނަށް މެސެޖު ކުރެވޭނީ ހަމައެކަނި އެ ކުދިން ފޮލޯ ކުރާ އެކައުންޓުތަކަށް ކަމަށާއި، ފޮލޯވަރުންނާއި ފޮލޯ ކުރާ މީހުންގެ ލިސްޓު ޢާންމުންނަށް ނުފެންނަ ގޮތް ހަދަން ޖެހޭ ކަމަށް ވެސް ކަނޑައަޅައިފައިވެއެވެ.

މި ޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. މިހާރު ބޭނުންކުރާ އެކައުންޓުތަކުގެ ވެރިންގެ އުމުރު ޔަޤީންކުރުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ނިންމަން ޖެހޭ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި 15 އަހަރު ނުފުރޭ ކުއްޖެއްގެ އެކައުންޓެއް ފާހަގަވެއްޖެ ނަމަ އެ އެކައުންޓެއް ބަންދުކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.