މަޖިލީހުގެ އިދާރާއަށް ސްޓާލިންކް އިންޓަނެޓް ގުޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެލަން މަސްކުގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ކަނެކްޝަން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓުގައި އިއުލާނުކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެލަން މަސްކުގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ކަނެކްޝަން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓުގައި އިއުލާނުކޮށްފިއެވެ.
ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކުން ފޯރުކޮށްދޭ ހައި ސްޕީޑް އިންޓަނެޓުގެ ޚިދުމަތް މަޖިލީހަށް ގުޅައިދިނުމުގެ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މި މަސައްކަތް ކޮށްދޭ ފަރާތުން ސްޓާލިންކް ކަނެކްޝަން ސަޕްލައި ކުރުމާއި އިންސްޓޯލް ކުރުމުގެ ޒިންމާ ނަގަންޖެހޭނެއެވެ.
ސްޓާލިންކުގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ރާއްޖެއަށް ހަތަރު ޕެކޭޖެއް ލިބެން ހުންނައިރު، އެ ޚިދުމަތުން 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބެއެވެ. މަހު ފީއެއްގެ ގޮތުގައި ގާތްގަނޑަކަށް 1,000 ރުފިޔާ ދައްކަންޖެހޭއިރު، ޚިދުމަތް ބޭނުންކުރުމަށް ސެޓެލައިޓް ޑިޝް ކިޓެއް އިންސްޓޯލް ކުރުން ލާޒިމުވެއެވެ. ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެއް ހިމެނޭ މި ކިޓުގެ އަގު ޝިޕިންއާ އެކު 10,300 ރުފިޔާއަށް އަރައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް