މައިގަނޑު ބަޔަށް ދާން

ހަބަރު

މިސްޓާ ފައިސޫ މަދީނާގައި ކައިވެނިކޮށް އިންސްޓެގްރާމުން އެ ޚަބަރު ހާމަކޮށްފި

އިންޑިއާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސާ ފައިސަލް ޝައިޚް (މިސްޓާ ފައިސޫ) ސައޫދީ އަރަބިއާގެ މަދީނާގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވައި، އެ ޚަބަރު އިންސްޓެގްރާމް މެދުވެރިކޮށް ހާމަކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

މިސްޓާ ފައިސޫ މަދީނާގައި ކައިވެނިކޮށް އިންސްޓެގްރާމުން އެ ޚަބަރު ހާމަކޮށްފި

އިންޑިއާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސާ ފައިސަލް ޝައިޚް (މިސްޓާ ފައިސޫ) ސައޫދީ އަރަބިއާގެ މަދީނާގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވައި، އެ ޚަބަރު އިންސްޓެގްރާމް މެދުވެރިކޮށް ހާމަކޮށްފިއެވެ.

ފައިސޫ ވަނީ ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯތައް އިންސްޓެގްރާމުގައި ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި ފައިސޫ ބުނެފައިވަނީ މި ޚާއްޞަ މުނާސަބަތުގައި އޭނާގެ މުޅި ޢާއިލާ ބައިވެރިވި ކަމަށެވެ. ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޭނާ އެންމެ ހުންނަން ބޭނުންވާ އެއް ބިން ކަމަށްވާ މާތް ވެގެންވާ މަދީނާގައި ކަމަށް ވެސް ފައިސޫ ބުނެފައިވެއެވެ. ހަމައެއާ އެކު ދިރިއުޅުމުގައި ފެށުނު އާ ބާބާ ގުޅިގެން އެންމެންގެ ހެޔޮ ދުޢާ އެދޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ފައިސޫ ކައިވެންޏެއް ކުރަން އުޅޭ ކަމުގެ ވާހަކަ ދާދި ފަހުން ދައުރުވެފައިވީ ނަމަވެސް، ކައިވެނި ކުރީ ކާކާ ކަމެއް ކައިވެންޏާ ހަމައަށް ވެސް ހާމަވެފައެއް ނުވެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މަދީނާގައި ކައިވެނިކުރުމަށް ފަހު މުމްބާއީގައި ޢާއިލާއާއި ރައްޓެހިންނަށް ޚާއްޞަ ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުރު ވީޑިއޯ ޕްލެޓްފޯމްތައް މެދުވެރިކޮށް މަޝްހޫރުކަން ހޯދި ފައިސޫ އަކީ އިންޑިއާގެ އެންމެ މަޤުބޫލު ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. މިއުޒިކް ވީޑިއޯތަކާއި ޓެލެވިޒަން ޕްރޮގްރާމްތަކުން ވެސް ފައިސޫ ފެނިފައިވާ އިރު، ޓީވީ ޝޯ ޚަތުރޯން ކޭ ޚިލާޅީ 12 ގައި ވެސް އޭނާ ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.