މައިގަނޑު ބަޔަށް ދާން

ހަބަރު

އަނބިމީހާގެ އެކައުންޓުން 8,150 ރުފިޔާ ވަގަށް ނެގި މީހަކަށް ޖަލު ހުކުމް އިއްވައިފި

ތ. ތިމަރަފުށީ ފިރިހެނަކު އޭނާގެ އަނބިމީހާގެ ބީއެމްއެލް އެކައުންޓުން އެކި ފަހަރު މަތިން ޖުމުލަ 8,150 ރުފިޔާ ވަގަށް ނެގި މައްސަލައިގައި އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހަތް މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވައިފިއެވެ.

އަހުމަދު އާހިލް ސައީދު

އަނބިމީހާގެ އެކައުންޓުން 8,150 ރުފިޔާ ވަގަށް ނެގި މީހަކަށް ޖަލު ހުކުމް އިއްވައިފި

ތ. ތިމަރަފުށީ ފިރިހެނަކު އޭނާގެ އަނބިމީހާގެ ބީއެމްއެލް އެކައުންޓުން އެކި ފަހަރު މަތިން ޖުމުލަ 8,150 ރުފިޔާ ވަގަށް ނެގި މައްސަލައިގައި އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހަތް މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވައިފިއެވެ.

ޤާނޫނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން ވައްކަމުގެ ކުށުގެ ދައުވާ އެ މީހާގެ މައްޗަށް ދައުލަތުން އުފުލީ، އަނބިމީހާއަށް ނޭނގި އެކި ފަހަރު މަތިން އެ ފައިސާ ނެގި ކަމުގެ ތުހުމަތުގައެވެ. އިބްތިދާއީ އަޑުއެހުމާއި އަވަސް ނިޔާގެ މަރުހަލާގައި ވެސް އެ މީހާ ވަނީ ދައުވާއަށް އިއުތިރާފުވެ، އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކުރި ކަމެއް ކަމަށް އެއްބަސްވެފައެވެ.

އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކި މަރުހަލާގައި، ބަލި މަންމައަކާއި ކުޑަ ދަރިއެއް ބެލެހެއްޓުމުގެ ޒިންމާ އެ މީހާގެ ބޮލުގައި އެޅިފައިވާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ. އަދި އަނބިމީހާ ވަޒީފާގައި އުޅޭ ވަގުތު ދަރިފުޅު ބެލެހެއްޓެނީ އޭނާ ކަމަށް ބުނެ، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާއެއް ކަނޑައެޅުމަށް އެ މީހާ އެދުނެވެ. ނަމަވެސް ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރާ މީހަކަށް އޭނާ ނުވާތީ އަދި ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ޝަރުތުތައް ފުރިހަމަ ނުވާތީ، ޖޫރިމަނާއަށް ބަދަލުކޮށްދެވެން ނެތް ކަމަށް ކޯޓުން ނިންމިއެވެ.

ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ މި ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމުގައި ވިޔަސް، ކުށަށް އިއުތިރާފުވުމާ ގުޅިގެން އެއް ދަރަޖަ ދަށްކޮށް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، އިސް މެޖިސްޓްރޭޓް މުޙައްމަދު އީމާން ހުކުމް ކަނޑައެޅުއްވީ ހަތް މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއްގެ ގޮތުގައެވެ.

މިއީ ޢާއިލީ ގުޅުމެއްގެ ތެރެއިން ހިންގި ވައްކަމުގެ ކުށެއްގައި ޖަލު ހުކުމެއް އައި މައްސަލައެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.