ހޫތީންގެ ހަމަލާ ކުށްވެރިކޮށް ސައޫދީއާ އެކު އޮތް ކަމަށް ދިވެހި ސަރުކާރުން ބުނެފި
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސައޫދީގެ ދިފާޢުގައި ކުރާ މަސައްކަތުގައި ރާއްޖެ ބައިވެރިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
އަހުމަދު އާހިލް ސައީދު
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސައޫދީގެ ދިފާޢުގައި ކުރާ މަސައްކަތުގައި ރާއްޖެ ބައިވެރިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޢާންމު ރައްޔިތުންނަށާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށެވެ. އެ ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސައޫދީ އަރަބިއްޔާގެ ސަލާމަތާއި އިސްތިޤުލާލު ރައްކާތެރިކޮށް، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށް ވެސް ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަމަލާގައި 12 މީހަކު މަރުވެ 309 މީހަކު ޒަޚަމުވެފައިވާ ކަން ފާހަގަކޮށް، ޚާރިޖިއްޔާއިން ވަނީ ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށާއި ސައޫދީ ސަރުކާރަށް އަދި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ރައްދުކޮށްފައެވެ. މަރުވި މީހުންގެ ތެރޭގައި ސައޫދީގެ ހަތަރު މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިޞްރު، ޢުރުދުން، ސީރިއާ، ފަލަސްޠީނު އަދި ސޫދާނުން ކޮންމެ ޤައުމަކުން މީހަކު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް