Newscast
ދުނިޔެ

ޣައްޒާ އަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ 4 މީހުން ޝަހީދުވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 12 Jul 2026
ޣައްޒާ އަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ 4 މީހުން ޝަހީދުވެއްޖެ
ފަލަސްތީން؛ ފޮޓޯ / ރޮއިޓާސް

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން ރިޕޯޓްކުރާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާގެ މި އަންމޭންޑް އޭރިއަލް ވެހިކަލް )ޑްރޯން( ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ އަލް-ސިނާއާ މަގުގައި ހުރި ދަގަނޑު މަސައްކަތްކުރާ ވޯކްޝޮޕަކަށެވެ. މި ހަމަލާގައި ޒަޚަމްވި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ޣައްޒާ ސިޓީއަށް އަމާޒުކޮށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ، ބައެއް މީހުން ޒަޚަމްވެއްޖެއެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން ރިޕޯޓްކުރާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާގެ މި އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން) ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ އަލް-ސިނާއާ މަގުގައި ހުރި ދަގަނޑު މަސައްކަތްކުރާ ވޯކްޝޮޕަކަށެވެ. މި ހަމަލާގައި ޒަޚަމްވި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 73,221 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 173,643 އަށް އަރާފައެވެ.

މި ހަމަލާތައް ކުރިއަށްދަނީ އިސްރާއީލާއި ހަމާސް އާއި ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވަނިކޮށެވެ. ނަމަވެސް، މި އެއްބަސްވުމާއި ހިލާފަށް އިސްރާއީލުން ދަނީ ޣައްޒާއަށް ހަމަލާ ދެމުންނެވެ.

އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެވުނު "ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ" އެއްބަސްވުމަށްފަހު ވެސް، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ މަދުވެގެން 1,098 މީހުން ވަނީ ޝަހީދުވެފައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ހަބަރު 25 Aug 2026

ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ނަޝީދު ވިދާޅުވީ ގިނަ ރިސޯޓުތަކަކީ ޑޮލަރުން އަދާކުރަން ޖެހޭ ބޮޑެތި ދަރަނި ހުރި ތަންތަން ކަމަށެވެ. އެ ވިޔަފާރިތަކުގެ ބޮޑު ބައެއް ބޭންކު ލޯނު ނަގައިގެން ފައިނޭންސްކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓުތައް ކަމުން ޑޮލަރު އާމްދަނީގެ މިހާ ބޮޑު ނިސްބަތެއް މާރުކުރުވައިފިނަމަ އެ ފަރާތްތަކަށް ލިބޭ ފައިދާ ކުޑަވެ ރާއްޖެއާ މެދު ޝައުގުވެރިކަން ދަށްވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ
ދުނިޔެ 25 Aug 2026

އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ

އިންޑިއާގެ ކޮންސިއުމާ އެފެއާޒް ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ހަކުރު ކިލޯއެއް ރީޓެއިލްކޮށް ވިއްކި އެވެރެޖް އަގު ވަނީ 62.47 ރުޕީސްއަށް އަރައިފައެވެ. ޖުލައި މަހު ކިލޯއެއް ގަންނަން ލިބުނީ 48.18 ރުޕީސްއަށް ކަމަށް ވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ އަގު ހުރީ 46.3 ރުޕީސްގައެވެ. ހޯލްސޭލް ބާޒާރުގައި 100 ކިލޯގެ ބަސްތާއެއް 5،801.29 ރުޕީސްއަށް އުފުލިފައި ވާއިރު ޖުލައި މަހު އެ ބަސްތާއެއް ލިބުނީ 4،510.76 ރުޕީސްއަށެވެ.

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި
ހަބަރު 25 Aug 2026

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި

ކާނާވިހަވި ދަރިވަރުންގެ ތެރެއިން 12 ކުއްޖަކަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި އަނެއް 12 ކުއްޖަކަށް މަރަދޫ ހެލްތު ސެންޓަރުގައި ފުރަތަމަ އެޑްމިޓްކޮށް ފަރުވާ ދިން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ދެ ސެންޓަރުގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން ފަހުން އޭއީއެޗަށް ބަދަލުކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި
ހަބަރު 25 Aug 2026

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި

އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ޑިމޮކްރެސީގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުކުރުމާއި އިންތިޚާބީ ނިޒާމާ މެދު އިތުބާރު ބޮޑުކުރުމެވެ. އޭގެ އިތުރުން ވޯޓުލުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ވެސް މި ދުވަހުގެ މަޤުޞަދެއް ކަމަށް އީސީން ބުނެފައިވެއެވެ. މި އަހަރުގެ ޝިޢާރެއް ގޮތުގައި ކަނޑައަޅާފައި ވަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" މިއެވެ.

އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ
ހަބަރު 25 Aug 2026

އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ޒަމާނުއްސުރެ ޚިދުމަތްކުރަމުން އައި ޖީލެއް ނެތިދިޔުމާ ގާތްވެފައިވާ ކަމަށެވެ. ގިނަ އިމާމުންނާއި ޚަޠީބުން މުސްކުޅިވެ އެ ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ނިޔާވެ ރާއްޖޭގެ ރަށްރަށަށް އެ ކަމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި
ހަބަރު 25 Aug 2026

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން )އެމްއެމްޕީއާރުސީ(ގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދަޢުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އެ ޖޫރިމަނާގެ ފުރަތަމަ އެއް މިލިއަން ރުފިޔާ ކުރިން ދެއްކި ނަމަވެސް ބާކީ ފައިސާ ނުދެއްކުމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.