މައިގަނޑު ބަޔަށް ދާން

ވިޔަފާރި

މާލެ އުތުރު ބަނދަރުގެ 15 މީޓަރުގެ ތިން ފިންގާ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

މާލެ އުތުރުފަރާތު ބަނދަރުގައި ބިނާކުރަމުންދާ 15 މީޓަރުގެ ތިން ފިންގާ ޖެޓީގެ ކޮންކްރީޓް އެޅުމުގެ މަރުހަލާ އެމްޓީސީސީން ނިންމައިފިއެވެ.

މާލެ އުތުރު ބަނދަރުގެ 15 މީޓަރުގެ ތިން ފިންގާ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

މާލެ އުތުރުފަރާތު ބަނދަރުގައި ބިނާކުރަމުންދާ 15 މީޓަރުގެ ތިން ފިންގާ ޖެޓީގެ ކޮންކްރީޓް އެޅުމުގެ މަރުހަލާ އެމްޓީސީސީން ނިންމައިފިއެވެ.

މި މަޝްރޫޢަކީ މާލެ އުތުރު ފަރާތު ބަނދަރުގެ ޖެޓީތައް ޑިޒައިންކޮށް ބިނާކުރުމަށް ހިންގާ 18.98 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ރޭވިފައެވެ.

އެމްޓީސީސީން ބުނީ ކޮންކްރީޓް މަރުހަލާ ފުރިހަމަވުމާ އެކު ދެން ކުރިއަށް ގެންދާނީ ޖެޓީތަކުގެ ޑެކުގައި ލަކުޑި ޕްލޭންކް ހަރުކުރުމާއި، މޫރިން ބޮލާޑު ބެހެއްޓުމާއި، ލައިޓު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މުޅި މަޝްރޫޢު ނިމުމުން ބަނދަރު ބޭނުންކުރާ ޢާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށް މަގަތުގައި އޮންނަ އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދަތި އުނދަގުލަށް ދާއިމީ ޙައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.